ރައީސް ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހުގެ ރޭ

ރައީސުލްޖުމްހޫރިއްޔާ، މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލު ކުރައްވާނީ ‏ސަލާހުއްދީން ސްކޫލްގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި ކަމަށެވެ.

"ވީމާ  ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަން،" ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ގެންދަވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ވެސް އެ މަނިކުފާނު ބައްދަލުކުރައްވާނެ އެވެ.

ރައީސް ބާއްވަވާ ބައްދަލުވުންތަކުގެ ބޭނުމަކީ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.

ކޮމެންޓް

team

ސިނގިރޭޓު ވައްކަން: 10 މީހަކަށް ދައުވާކޮށްފި

5 ގަޑިއިރު ކުރިން
team

މާލޭގެ ދެ ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

6 ގަޑިއިރު ކުރިން
team

ރަސްމާދޫގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

10 ގަޑިއިރު ކުރިން
team

ސިނަމާލެ ބުރިޖުގެ އުތުރުފަރާތު ލޭނު މިރޭ ބަންދު ކުރާނެ

11 ގަޑިއިރު ކުރިން
team

ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް 3 ކިލޯގެ ކެނަބިސް އަތުލައިގެންފި

16 ގަޑިއިރު ކުރިން
team

އުމްރާނީ ތަރައްގީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ޗައިނާއާ އެކު މަޝްވަރާކޮށްފި

17 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

18 ގަޑިއިރު ކުރިން
team

ބުދަ ދުވަހުގެ ރޭ ރައީސް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވަނީ

1 ދުވަސް ކުރިން
team

މިފްކޯއިން 1 ކިލޯއިން މަތީ މަސް 16ރ. ގެ ރޭޓުން ގަންނަން ފަށައިފި

1 ދުވަސް ކުރިން
team

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

1 ދުވަސް ކުރިން
team

މަސްވެރިންނަށް ފަސޭހަކޮށްދޭން މިފްކޯއިން ހާއްސަ އެޕެއް ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ރައީސް އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy