ރާއްޖެ އާއި ޔޫކޭގެ ގުޅުން އިތުރަށް ވަރުގަދަ ވެއްޖެ: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ ގުޅުންތައް، އިތުރަށް ވަރުގަދަ ވެފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަ ކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މި އަހަރަކީ، އިނގިރޭސި ވިލާތާއި، ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއާއި، ސަގާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުން ތަކުގެ ތެރެއިން އިތުރަށް ވަރުގަދަ ވެފައިވާކަމަށެވެ.

މީގެ ތެރޭގައި، ރައީސް ޑރ. މުއިއްޒު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅާއި، އެ މަނިކުފާނު، ކިންގް ޗާލްސްއާއެކު ބޭއްވެވި އެކަހެރި ބައްދަލުވުމާއި، އަދި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ނައިބު ރައީސް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި، ހިޒް މެޖަސްޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ދެ ގައުމުންދޭ އަހައްމިއްޔަތުކަން އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން 1965 ވަނަ އަހަރުގެ ޖުލައިމަހު، ރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުން ކުރެއްވި ދެ ގޮނޑިކޮޅު، ރާއްޖެއާ ހަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެ ކަމަށް ޓަކައި ނައިބު ރައީސް ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ނައިބު ރައީސް ހުސައިންގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދެ ގައުމަށް ކުރިއެރުމާއި، އަމަން އަމާންކަމާއި، އަދި ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން، ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ކޮމެންޓް

team

ރައީސް މާދަމާ ރޭ ބައްދަލުކުރައްވަނީ ‏ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ

4 ގަޑިއިރު ކުރިން
team

ދޯންޏެއް އަޑިއަށް ގޮސް ކަނޑުވެފައި އޮތް މީހަކު ސަލާމަތްކޮށްފި

5 ގަޑިއިރު ކުރިން
team

ސިނގިރޭޓު ވައްކަން: 10 މީހަކަށް ދައުވާކޮށްފި

17 ގަޑިއިރު ކުރިން
team

މާލޭގެ ދެ ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

18 ގަޑިއިރު ކުރިން
team

ރަސްމާދޫގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

22 ގަޑިއިރު ކުރިން
team

ސިނަމާލެ ބުރިޖުގެ އުތުރުފަރާތު ލޭނު މިރޭ ބަންދު ކުރާނެ

1 ދުވަސް ކުރިން
team

ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް 3 ކިލޯގެ ކެނަބިސް އަތުލައިގެންފި

1 ދުވަސް ކުރިން
team

އުމްރާނީ ތަރައްގީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ޗައިނާއާ އެކު މަޝްވަރާކޮށްފި

1 ދުވަސް ކުރިން
team

އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

1 ދުވަސް ކުރިން
team

ޕަރީގެ ޓްރެއިލާ ބަލައިފިންތަ؟

1 ދުވަސް ކުރިން
team

ލިލީގަ ޔޫއްޕެވެސް އުޅެނީތަ؟

1 ދުވަސް ކުރިން
team

ބުދަ ދުވަހުގެ ރޭ ރައީސް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވަނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy