ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަންނަ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިންނާ ބައްދަލު ކުރައްވަން ނިންމަވާފައިވާއިރު އެ ބައްދަލު ކުރެއްވުން ހާއްސަ ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުންގެ ތަރުޖަމާން ހީނާ ވަލީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނާއި ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލު ކުރެއްވުންތަކުގެ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލު ކުރެއްވުން ހާއްސަ ކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށެވެ.
"ވީމާ މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވަން،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުއިއްޒު ދާދިފަހުން މަސްވެރިންނާ ބައްދަލު ކުރައްވާފައިވާއިރު، އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ވެސް އެ މަނިކުފާނު ބައްދަލު ކުރެއްވުން ވަނީ ނިންމަވާފަ އެވެ.
ކޮމެންޓް