ވީއައިއޭގެ އައު ޓާމިނަލުން ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

ވީއައައިއޭގެ އައު ޓާމިނަލުން ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފެށުން: ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް، ނުވަތަ ޓާމިނަލް 1އިން ސިންގަޕޫރުގެ ގައުމީ ‏‏އެއާލައިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ‏‎.‎

‏ޓާމިނަލް 1އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ‏‏ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ‏‏ރަޝީދު އެވެ.‏

‏ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ސިންގަޕޯ ‏‏އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ‏‏ބައިވެރިވެވަޑައިގެންނެވި އެވެ‏‎.‎

‏ޓާމިނަލް 1އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ‏‏ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި ‏‎205‎‏ ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ‏‏ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފުލައިޓު، ‏‎ SQ432‎‏އިން ރާއްޖެ އައި ‏‎244‎‏ ފަސިންޖަރުންނަށް ވަނީ ސަގާފީ ‏‏ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ‏‎.‎

‏ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފުލައިޓަކީ އެއާބަސް 350 ގެ ފުލައިޓެކެވެ. މިއީ ޓާމިނަލް ‏‏1އިން އެއާބަސް 350 ގެ ފުލައިޓަކަށް މަރުހަބާކި ފުރަތަމަ ފަހަރެވެ.‏

‏ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 28 މާރިޗް 1984 ގަ އެވެ.‏

‏ސިންގަޕޯ އެއާލައިންސްއާ އެކު ޓާމިނަލް 1އިން މިހާރު ދަނީ 32 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

އެމްއޭސީއެލްގެ ‏‏އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ‏‏ފޯރުކޮށްދިނުމެވެ.‏

ކޮމެންޓް

team

ޕީސީބީން ހައްޖު ކޯޕަރޭޝަނާ ބައްދަލުކޮށްފި

5 ގަޑިއިރު ކުރިން
team

ހައްޖު ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކޮށްފި

6 ގަޑިއިރު ކުރިން
team

ރައީސް މާދަމާ ރޭ ބައްދަލުކުރައްވަނީ ‏ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ

13 ގަޑިއިރު ކުރިން
team

ދޯންޏެއް އަޑިއަށް ގޮސް ކަނޑުވެފައި އޮތް މީހަކު ސަލާމަތްކޮށްފި

14 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ޔޫކޭގެ ގުޅުން އިތުރަށް ވަރުގަދަ ވެއްޖެ: ނައިބު ރައީސް

16 ގަޑިއިރު ކުރިން
team

ސިނގިރޭޓު ވައްކަން: 10 މީހަކަށް ދައުވާކޮށްފި

1 ދުވަސް ކުރިން
team

މާލޭގެ ދެ ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ރަސްމާދޫގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

1 ދުވަސް ކުރިން
team

ސިނަމާލެ ބުރިޖުގެ އުތުރުފަރާތު ލޭނު މިރޭ ބަންދު ކުރާނެ

1 ދުވަސް ކުރިން
team

ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް 3 ކިލޯގެ ކެނަބިސް އަތުލައިގެންފި

1 ދުވަސް ކުރިން
team

އުމްރާނީ ތަރައްގީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ޗައިނާއާ އެކު މަޝްވަރާކޮށްފި

1 ދުވަސް ކުރިން
team

އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy