ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ބައްދަލުކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ޕީސީބީން އެ ކޯޕަރޭޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވަނީ ހައްޖު ކޯޕަރޭޝަނަށް ކުރިމަތިވެފައިވާ މުހިންމު ގޮންޖެހުންތަކާއި، ކުންފުނީގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން ޕީސީބީން ހައްޖު ކޯޕަރޭޝަނަށް އެހީތެރިވެދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކޮށްފައިވެ އެވެ.
ކޮމެންޓް