ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުމަށް ރައީސް ގޮވައިލައްވައިފި

ރައީސް މުއިއްޒު ހއ. ދިއްދޫ ޒުވާނުންނާއެކު: ފޮޓޯ/ ރައީސް އޮފީސް

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި، ޒުވާނުން ބާރުވެރި ކުރުވައި، ޒުވާނުންގެ އަޑު އަހައި، ދޭސީ މުޖުތަމައުން ފެށިގެން، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާއި، އަދި އެނޫންވެސް ހުރިހާ މަރުހަލާއެއްގައި، ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި، ޒުވާނުންގެ މުސްތަގުބަލް ބައްޓަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިން، އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މިއަދުގެ ޒުވާނުންގެ އަޑުތައް ގަދަވެ، އެކި ސަރަހައްދުތަކާއި ރަށްރަށުގައި، އެންމެން ޝާމިލުވާ، ނަތީޖާ ހާސިލުވާ ފަދަ މަޝްވަރާތަކަށް މަގުފަހިވެފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އުމުރަކީ ތަފާތެއް ދެއްކުމަށް އޮތް ހުރަހެއް ނޫންކަން ދިވެހި ޒުވާނުން ސާބިތުކޮށްދެމުން އަންނަކަން ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން 2030 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ 57 އިންސައްތައަކީ ޒުވާނުން ކަމަށް އަންދާޒާކޮށްފައިވާއިރު، ނިންމުންތައް ނިންމުމުގެ ދައުރު އަދާ ކުރުމުގެ ބާރު ޒުވާނުންނަށް ދިނުމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑު ވެފައިވާކަމުގައި ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ސިޔާސަތުތައް، ފުޅާ ދާއިރާއެއްގައި ތަރައްގީގެ ޕްލޭންތަކާ ގުޅާލުމާއި، ޕާޓްނާޝިޕްތައް ބިނާކޮށް، ހިޔާލުތައް ހައްލުތަކަށް ބަދަލުކޮށް، ގައުމީ ކުރިއެރުން ބައްޓަން ކުރުމުގައި ޒުވާނުންނަށް ސީދާ ދައުރެއް ހޯދައިދިނުމަށް ފަރުމާ ކުރެވިފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މައްޗަށް ވެސް ރައީސްގެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެ އެވެ.

އަދި ހުނަރު ތަރައްގީކުރުމާއި މަޝްވަރާ ކުރުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ "ޒުވާނުންގެ ތާޑް ސްޕޭސް" އަކީ ޒުވާނުންގެ ދުޅަހެޔޮކަމާއި ޝާމިލު ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ތަނެއްކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިގުތިސާދެއް ގާއިމުކޮށް، ޒުވާން އާއިލާ ތަކަށް ބޯހިޔާވަހިކަމުގައި އިސްކަންދީ، ޒުވާނުންގެ ހިޔާލުތައް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ތަނަވަސް މުސްތަގުބަލަކަށް ބަދަލު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައިދެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ޒުވާނުންނަކީ، ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަނެ، ތަރައްގީގެ ރޮނގުން ކުރާ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، އެ ޒުވާނުންނަށް މަންފާތައް ލިބޭ އެންމެން ޝާމިލުވާ ފަދަ މާހައުލެއް ގާއިމު ކުރުމަށް މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

10 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy