އައު ޓާމިނަލުން 2,410 ފަސިންޖަރުންނަށް ހިދުމަތް ދީފި

ވީއައިއޭގެ އައު ޓާމިނަލް: ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލުން މިހާތަނަށް 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ވީއައިއޭގެ އައު ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ އެވެ.

އެއާއެކު ޓާމިނަލްގެ އޮޕަރޭޝަންތައް ފަށާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކު އެވެ.

gthth.jpg

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ ދުވަހުން ފަށައިގެން އިއްޔެގެ ނިޔަލަށް ޓާމިނަލް އެކަކުން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވެ އެވެ.

އެއީ  ޖުމުލަ 2,410 ފަސިންޖަރުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރެކެވެ.

fghfhh.jpg

ވީއައިއޭ ހިންގައި އެމްއޭސީއެލުން ބުނީ ޓާމިނަލް އެކަކަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކަމަށާއި އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެން ކަމަށެވެ.

thetrh.jpg

އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް، މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އައު ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެ އެވެ.

ކޮމެންޓް

team

މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

1 ގަޑިއިރު ކުރިން
team

އެމްޑީޕީއަށް ވަދެފިން، ޗެއާޕާސަނަކަށް ތާއީދު ކުރަނީ ނަޝީދަށް: ނަހުލާ

6 ގަޑިއިރު ކުރިން
team

"ރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި ވީއައިއޭގެ ދައުރު ވަރުގަދަ ކުރާނަން"

7 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

9 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނުމުގެ ތެރޭގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

10 ގަޑިއިރު ކުރިން
team

ރިލްވާން މައްސަލައާ ގުޅޭ ގޮތުން ރައީސް ސޯލިހު އިތުރުފުޅު ހައްދައިފި

11 ގަޑިއިރު ކުރިން
team

ޖަޕާނުގެ ސަފީރު މިނިސްޓަރު ހީނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

13 ގަޑިއިރު ކުރިން
team

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހެޅި ގަރާރު ރާއްޖެއިން ކޯސްޕޮންސާ ކޮށްފި

13 ގަޑިއިރު ކުރިން
team

ހައްޖުވެރިން ތިބޭ ހޮޓަލުގައި ސިއްހީ ފަރުވާދޭ ކްލިނިކެއް، 24ގަޑިއިރު ހިދުމަތް ލިބޭނެ

1 ދުވަސް ކުރިން
team

އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

"މިއީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ސަރުކާރު"

1 ދުވަސް ކުރިން
team

އައު ޓާމިނަލާ އެކު ހައްޖުވެރިންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy