ތިލަފުށީގެ ހަކަތައިގެ ނެޓްވޯކް މާލެ ގްރިޑާ ގުޅާލަން އޭޑީބީއާ އެކު މަޝްވަރާ ކޮށްފި

ތިލަފުށީގެ ހަކަތައިގެ ނެޓްވޯކް މާލެ ގްރިޑާ ގުޅާލަން އޭޑީބީއާއެކު މަޝްވަރާކުރުން: ފޮޓޯ/ އެނާޖީ މިނިސްޓްރީ

އެންވަރްމަންޓް އެންޑް އެޖާނީ މިނިސްޓަރު އަލީ ޝަރީފް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ ވައިސް ޕްރެޒިޑެންޓް ސެކްޓާސް އެންޑް ތީމްސް ވެމްޕީ ސަޕުތުރާއާ ބައްދަލުކުރައްވައިފި އެވެ.

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުގެ ހަވާސާގައި، މިނިސްޓަރު އަލީ ޝަރީފް، މިއަދު ވަނީ އޭޑީބީގެ ވައިސް ޕްރެޒިޑެންޓުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

އެގޮތުން، އައްޑޫ އަދި ތިލަފުށީގައި ގާއިމުކުރާ ކުނިން ހަކަތަ އުފައްދާ (ވޭސްޓް-ޓު-އެނާޖީ) ޕްލާންޓްތަކުގެ މަސައްކަތް ނިންމައި އެ މަޝްރޫއުތައް ފުޅާކުރުމާއި، ތިލަފުށީގެ ހަކަތައިގެ ނެޓްވޯކް މާލޭގެ ގްރިޑާ ގުޅާލުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފަ އެވެ. އަދި މީގެ އިތުރުން ގްރިޑް އިންޓަކަނެކްޝަންތައް އިތުރަށް ހަރުދަނާކުރުމަށާއި، މި ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް އިސްކަންދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އިރުގެ އަލިން ހަކަތަ އުފެއްދުމުގެ (ސޯލާ) މަޝްރޫއުތަކަށް އިންވެސްޓްމަންޓް އަވަސްކުރުމަށް ޓަކައި، އަމިއްލަ ވިޔަފާރިތަކުގެ ރައުސްމާލު ހޯދުމުގެ މުހިންމުކަން މިނިސްޓަރު އަލީ ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށްޓާއި ހަކަތައިގެ ދާއިރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް

team

"ޓެކްނޮލޮޖީއާއެކު ކުދި ޖާގައިގައި ބޮޑު ފައިދާއެއް ލިބޭނެހެން ދަނޑުވެރިކަން ކުރިއެރުވިދާނެ"

1 ގަޑިއިރު ކުރިން
team

މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

2 ގަޑިއިރު ކުރިން
team

ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި

2 ގަޑިއިރު ކުރިން
team

ފެނަކައިގެ ހިންގުން ޑރ. އަލީ އަޒުވަޒާ ހަވާލުކޮށްފި

2 ގަޑިއިރު ކުރިން
team

އުރީދޫގެ އެހީތެރިކަމާ އެކު މިސްކިތްތައް މަރާމާތު ކުރަނީ

3 ގަޑިއިރު ކުރިން
team

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފުތިތާހުކޮށްފި

3 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ހައްޔަރުކޮށްފި

4 ގަޑިއިރު ކުރިން
team

ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އަރުވައިފި

5 ގަޑިއިރު ކުރިން
team

ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

5 ގަޑިއިރު ކުރިން
team

ލިޔުންތެރިންގެ ހުރި ދަތިތައް ހައްލުކޮށްދޭނަން: ހީނާ

6 ގަޑިއިރު ކުރިން
team

"ކާބޯތަކެތީގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި ‏އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް‏"

7 ގަޑިއިރު ކުރިން
team

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައިފި

15 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy