މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހުޅުމާލޭގައި ވެހިކަލެއް ދުއްވަނީ: ފޮޓޯ/ މިހާރު

މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ވަކި ގަޑިތަކެއްގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި ކުރި އިއުލާނެއްގައި ބުނީ ހެނދުނު 6:00 އިން 8:30 އަށް، 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލާ ފަދަ ބަރު އުޅަނދުތައް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައްޔާއި ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން މަނާ ވާނެ ކަމަށެވެ.

އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި، ސްކޫލް ސަރަހައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

team

ތިލަފުށީގެ ހަކަތައިގެ ނެޓްވޯކް މާލެ ގްރިޑާ ގުޅާލަން އޭޑީބީއާ އެކު މަޝްވަރާ ކޮށްފި

24 މިނިޓު ކުރިން
team

"ޓެކްނޮލޮޖީއާއެކު ކުދި ޖާގައިގައި ބޮޑު ފައިދާއެއް ލިބޭނެހެން ދަނޑުވެރިކަން ކުރިއެރުވިދާނެ"

43 މިނިޓު ކުރިން
team

ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި

1 ގަޑިއިރު ކުރިން
team

ފެނަކައިގެ ހިންގުން ޑރ. އަލީ އަޒުވަޒާ ހަވާލުކޮށްފި

1 ގަޑިއިރު ކުރިން
team

އުރީދޫގެ އެހީތެރިކަމާ އެކު މިސްކިތްތައް މަރާމާތު ކުރަނީ

2 ގަޑިއިރު ކުރިން
team

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފުތިތާހުކޮށްފި

2 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ހައްޔަރުކޮށްފި

3 ގަޑިއިރު ކުރިން
team

ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އަރުވައިފި

4 ގަޑިއިރު ކުރިން
team

ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

4 ގަޑިއިރު ކުރިން
team

ލިޔުންތެރިންގެ ހުރި ދަތިތައް ހައްލުކޮށްދޭނަން: ހީނާ

5 ގަޑިއިރު ކުރިން
team

"ކާބޯތަކެތީގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި ‏އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް‏"

6 ގަޑިއިރު ކުރިން
team

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައިފި

15 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy