ލިޔުންތެރިންގެ ހުރި ދަތިތައް ހައްލުކޮށްދޭނަން: ހީނާ

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު: ފޮޓޯ/ ރައީސް އޮފީސް

ލިޔުންތެރިންގެ ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހީނާ އިއްޔެ ވަނީ ދިވެހި ލިޔުންތެރިންނާ ބައްދަލުކުރައްވާފަ އެވެ.

އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ލިޔުންތެރިކަމަކީ އެ މިނިސްޓްރީއާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއްކަމަށްވާތީ، ލިޔުންތެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި، ލިޔުންތެރިންނަށް ދިމާވާ މައްސަލަތަކާއި، އެ ކަންކަން ހައްލުކުރުމަށް ޓަކައި ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމެވެ.

އެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ، ލިޔުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތަކާއި ހިޔާލުތައް އަޑުއައްސަވައި، އެ ދަތިތަކަށް ހައްލު ހޯއްދަދީ، މި ދާއިރާގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިބަހުގެ އެކެޑެމީގެ ރައީސް ހަސަން ޝާކިރު މުހައްމަދާއި، ބައެއް ލިޔުންތެރިން ވަނީ ލިޔުންތެރިކަމުގައި މިހާރު ހުރި ގޮންޖެހުންތަކާއި، ޒުވާން ޖީލު ލިޔުންތެރިކަމަށް ޝައުގުވެރިކުރެވޭނެ ބައެއް ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ލިޔުންތެރިންގެ ހިޔާލަށް ހުޅުވާލުން، ބައެއް ލިޔުންތެރިން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، މިހާރަށްވުރެ އިތުރަށް ލިޔުންތެރިކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

ކޮމެންޓް

team

މުދާ އުފުލާ ބަރު އުޅަނދުތައް ދުއްވާ ގަޑިތަކަށް ބަދަލުގެނެސްފި

13 މިނިޓު ކުރިން
team

މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

38 މިނިޓު ކުރިން
team

ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި

41 މިނިޓު ކުރިން
team

ފެނަކައިގެ ހިންގުން ޑރ. އަލީ އަޒުވަޒާ ހަވާލުކޮށްފި

52 މިނިޓު ކުރިން
team

އުރީދޫގެ އެހީތެރިކަމާ އެކު މިސްކިތްތައް މަރާމާތު ކުރަނީ

1 ގަޑިއިރު ކުރިން
team

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފުތިތާހުކޮށްފި

2 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ހައްޔަރުކޮށްފި

2 ގަޑިއިރު ކުރިން
team

ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އަރުވައިފި

3 ގަޑިއިރު ކުރިން
team

ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

3 ގަޑިއިރު ކުރިން
team

"ކާބޯތަކެތީގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި ‏އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް‏"

5 ގަޑިއިރު ކުރިން
team

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައިފި

14 ގަޑިއިރު ކުރިން
team

ރޯދަ މަހަށް ރާއްޖޭގެ އެކި ކަންކޮޅުގައި 14 މިސްކިތް ހުޅުވަނީ

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy