"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފުތިތާހުކޮށްފި

އިސްލާމިކް މިނިސްޓްރީއާއި އުރީދޫ ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފުތިތާހުކުރުން: ފޮޓޯ/ މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި، އިސްލާމިކް މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މިއީ ދީނީ އިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

"އުރީދޫ މަސްޖިދުނާ"ގެ ދަށުން، ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން އަމާޒުކޮށްފައިވާއިރު، މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރޯދަ މަހުގެ ކުރިންނެވެ.

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ، ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތްތެކެވެ. މި ގުޅުމުގެ ތެރެއިން، އެ ނިސްޓްރީއާއި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުމެވެ.

ކޮމެންޓް

team

މުދާ އުފުލާ ބަރު އުޅަނދުތައް ދުއްވާ ގަޑިތަކަށް ބަދަލުގެނެސްފި

13 މިނިޓު ކުރިން
team

މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

37 މިނިޓު ކުރިން
team

ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި

40 މިނިޓު ކުރިން
team

ފެނަކައިގެ ހިންގުން ޑރ. އަލީ އަޒުވަޒާ ހަވާލުކޮށްފި

51 މިނިޓު ކުރިން
team

އުރީދޫގެ އެހީތެރިކަމާ އެކު މިސްކިތްތައް މަރާމާތު ކުރަނީ

1 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ހައްޔަރުކޮށްފި

2 ގަޑިއިރު ކުރިން
team

ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އަރުވައިފި

3 ގަޑިއިރު ކުރިން
team

ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

3 ގަޑިއިރު ކުރިން
team

ލިޔުންތެރިންގެ ހުރި ދަތިތައް ހައްލުކޮށްދޭނަން: ހީނާ

4 ގަޑިއިރު ކުރިން
team

"ކާބޯތަކެތީގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި ‏އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް‏"

5 ގަޑިއިރު ކުރިން
team

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައިފި

14 ގަޑިއިރު ކުރިން
team

ރޯދަ މަހަށް ރާއްޖޭގެ އެކި ކަންކޮޅުގައި 14 މިސްކިތް ހުޅުވަނީ

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy