ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދެމުންގެންދިޔަ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ހދ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތަކާ ރަސްމީކޮށް ހަވާލުވުމުގެ މަސައްކަތަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ޑރ. އަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސްވެރިން މިހާރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފަ އެވެ.
ސްޓެލްކޯއިން ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ޓަކައި މިއަދު އެ ސިޓީ ގައި ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ އެމްޑީ އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
ކޮމެންޓް