ޓެކްނޮލޮޖީއާއެކު ކުދި ޖާގައިގައި ބޮޑު ފައިދާއެއް ލިބޭނެހެން ދަނޑުވެރިކަން ކުރިއެރުވިދާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިގޮތަށް ވިދާޅުވީ ދަނޑުވެރީންގެ ދުވަހާ ގުޅުވައިގެން ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.
ފަސްޓް ލޭޑީގެ ޕޯސްޓުގައި ދަނޑުވެރީންގެ ދުވަހުގެ ތަހުނިޔާ، އެ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަރިސްކުރައްވާފައިވެ އެވެ.
އެކަމަނާ ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއް ކަމަށާއި ކޮންމެ ގެއަކާއި ގޯއްޗެއްތެރޭ ވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުސަތެއް ކަމަށެވެ.
ކޮންމެ ދިވެއްސަކީވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށް އިލްތިމާސްކުރައްވަމުން އެކަމަނާ ވަނީ ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ހަނދާންކޮށްދީފަ އެވެ.
ކޮމެންޓް