ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިޖުތިމާއީ ޒިންމާގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުޅުމާލެ ޖަލުގައި ތަރައްގީކުރި ފުޓްސަލް ދަނޑު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ފުޓްސަލް ދަނޑު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފް އާއި އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދަނޑު ހުޅުވުމުގެ ރަސްމީ ހަރަކާތްތަކަށްފަހު، މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އާރުޑީސީއާ ކަރެކްޝަނާ އެކު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ވަނީ ކުޅެފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މި ފުޓްސަލް ދަނޑު ވަނީ ރަސްމީކޮށް ޕްރިޒަން ކްލަބާ ހަވާލުކޮށްފަ އެވެ.
ކޮމެންޓް