ގުނަވަން ބަދަލުކުރުމާ ބެހޭ ބިލް ތަސްދީގުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މިއީ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލު އެކުލަވާލައްވާފައިވަނީ، ދރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަގުސަދުގަ އެވެ.

މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ޢާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ހައްގުތައް ބަޔާންކޮށްފައިވެ އެވެ.

ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އިންނެވެ. އަދި ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ މި ގާނޫނުގެ ދަށުން އެކުލަވާލާ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ.

މީގެއިތުރުން، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި، ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބު މި ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

ކޮމެންޓް

team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް އެފްއެފްއޭއަށް

8 ގަޑިއިރު ކުރިން
team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އެފްއެފްއެފްއޭއަށް، މޮޅު ކުޅުންތެރިއަކަށް އިޔާސް

12 ގަޑިއިރު ކުރިން
team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 17 އަހަރުން ދަށުގެ ފައިނަލަށް އުކުޅަހާ އެފްއެފްއެފްއޭ

12 ގަޑިއިރު ކުރިން
team

އާރުޑީސީގެ އެހީތެރިކަމާއެކު ހުޅުމާލެ ޖަލުގައި އެޅި ފުޓްސަލް ދަނޑު ހުޅުވައިފި

1 ދުވަސް ކުރިން
team

އުމްރާވެރިންނަށް އަވަހަށް ހިދުމަތް ދޭން އެމްއޭސީއެލުން ހިންގި އޮޕަރޭޝަން ނިންމާލައިފި

1 ދުވަސް ކުރިން
team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 14 އަހަރުން ދަށުގެ ފައިނަލަށް ރިދަންއާއި އެފްއެފްއެފްއޭ

1 ދުވަސް ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ޒުވާނަކު 24 ދަޅު ބިޔަރާއެކު އަތުލައިފި

1 ދުވަސް ކުރިން
team

އާރުޑީސީން މިހާރު ކުރާ މަސައްކަތްތަކުގެ ތަފުސީލް ދީފި

1 ދުވަސް ކުރިން
team

އެމްޓީޑީސީގެ އެމްޑީ ނިޔާޒް މަގާމުން ވަކިކޮށްފި

1 ދުވަސް ކުރިން
team

ކަނޑު ބޯޓެއްގައި މަނަދޫއަށް ޑުރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ސްޕޯޓް ފިޝިންގެ އިތުރު ބައްދަލުވުމެއް އޮގަސްޓް 15 ގައި ބާއްވަނީ

1 ދުވަސް ކުރިން
team

މިސްރު ސަރުކާރުން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy