ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތަކާއި، ސްޕޯޓް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު މާލޭގައި ކަމަށެވެ.
މި ބައްދަލުވުމަކީ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ޓަކައި ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދާ ސިލްސިލާ ބައްދަލުވުމެކެވެ. މި ގޮތުން މިއީ މާލޭގައި ބާއްވާ މި ފަދަ ދެ ވަނަ ބައްދަލުވުމެވެ.
މާލޭގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓް ފިޝިންގްގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިހާރުވަނީ ހުޅުވާލާފަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ފާރާތްތަކުގެ ދަތުރުފަތުރުގެ ހަރަދު ހަމަޖައްސައިދޭނީ ނިސްޓީންނެވެ.
އެހެންކަމުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އޮގަސްޓް 2 ގެ ކުރިން ރަޖިސްޓްރީ ލިންކް: https://tinyurl.com/4smwztxa މެދުވެރިކޮށް ރަޖިސްޓްރީ ވުމަކީ ފިޝަރީޒް މިނިސްޓްރީގެ އެދުމެވެ.
ކޮމެންޓް