އުމްރާވެރިންނަށް އަވަހަށް ހިދުމަތް ދޭން އެމްއޭސީއެލުން ހިންގި އޮޕަރޭޝަން ނިންމާލައިފި

އުމްރާވެރިންނަށް އަވަހަށް ހިދުމަތް ދޭން އެމްއޭސީއެލުން ހިންގި އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި މަހު ފުރި އުމްރާވެރިންނަށް މަޑުޖެހުމެއް ނެތި، ‏‏ލުއިފަސޭހަ، އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ހާއްސަ ‏‏އޮޕަރޭޝަން، މިއަދު ފަހު އުމްރާ ގްރޫޕް ފުރުމާއެކު ނިންމާލައިފި އެވެ.‏

‏މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ އުމްރާވެރިން ފުރުމާއެކު، އޮޕަރޭޝަން ނިމި، ފުރާ ހުރިހާ ޢުމްރާވެރިން ވެސް ވަނީ ‏‏ރާއްޖެއިން ފުރާފަ އެވެ. މި އޮޕަރޭޝަން ހިންގުމަށް ކުންފުނީގެ ޕެސެންޖާ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ‏‏ސެކިޔުރިޓީ ސާވިސަސް ގުޅިގެން ގިނަ ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސި އެވެ.‏

‏އޮޕަރޭޝަންގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ‏‏ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

މިއާއެކު ޢުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިން ޕާސް ދޫކުރުމުގެ ‏‏މަސައްކަތް ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު އޮމާންކޮށް ކުރިއަށް ގެންދެވުނެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާ ‏‏ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމު ވެސް ހަމަޖެއްސުނެވެ.‏

‏އުމްރާވެރިން އެއާޕޯޓަށް އައި ވަގުތު، އެ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ދޮރަކުން ޓާމިނަލަށް ވަންނަން ފަސޭހަކޮށްދީ، ‏‏އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިން މަރުހަލާތައް އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ‏‏ހާއްސަކުރެވުނެވެ.

މީގެ އިތުރުން، އެއާޕޯޓުގެ ބޭރުގެ ސަރަހައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރަށް ‏‏ފަސޭހައިން ވަދެ ނިކުމެވޭނެ މަގުތައް ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްއިން ބެލެހެއްޓި އެވެ.‏

‏މި ހާއްސަ އޮޕަރޭޝަންގެ ސަބަބުން، އުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިން އަދި ބޯޑިން އޮމާންކޮށް ‏‏އަދި އަވަހަށް ނިންމާލެވި، އެއްވެސް ބޮޑު ބުރޫއެރުމެއްނެތި ފުރުމުގެ ހިދުމަތް ފޯރުކޮށްދެވުނެވެ.‏

‏އެމްއޭސީއެލްގެ މައިގަނޑު މަގުސަދަކީ، މިފަދަ ބާރުބޮޑު ދުވަސްވަރުގައި ވެސް އުމްރާވެރިންނަށާއި އެހެނިހެން ފަސިންޖަރުންނަށް ދޭ ‏ހިދުމަތްތައް އެއްވެސް ބުރޫއެރުމެއްނެތި، ފުރިހަމަ އަދި އޮމާން ގޮތެއްގައި ފޯރުކޮށްދިނުމެވެ.‏

‏މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދިން މޯލްޑިވްސް އިމިގްރޭޝަނާއި، އެއާލައިންތަކާއި، ޓްރެވެލް ‏‏އެޖެންސީތަކާއި، އުމްރާ ގްރޫޕްތަކާއި، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ފަރާތްތަކުން ދިން އެއްބާރުލުމަށް އެމްއޭސީއެލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް އެފްއެފްއޭއަށް

8 ގަޑިއިރު ކުރިން
team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އެފްއެފްއެފްއޭއަށް، މޮޅު ކުޅުންތެރިއަކަށް އިޔާސް

12 ގަޑިއިރު ކުރިން
team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 17 އަހަރުން ދަށުގެ ފައިނަލަށް އުކުޅަހާ އެފްއެފްއެފްއޭ

12 ގަޑިއިރު ކުރިން
team

އާރުޑީސީގެ އެހީތެރިކަމާއެކު ހުޅުމާލެ ޖަލުގައި އެޅި ފުޓްސަލް ދަނޑު ހުޅުވައިފި

1 ދުވަސް ކުރިން
team

ގުނަވަން ބަދަލުކުރުމާ ބެހޭ ބިލް ތަސްދީގުކޮށްފި

1 ދުވަސް ކުރިން
team

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 14 އަހަރުން ދަށުގެ ފައިނަލަށް ރިދަންއާއި އެފްއެފްއެފްއޭ

1 ދުވަސް ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ޒުވާނަކު 24 ދަޅު ބިޔަރާއެކު އަތުލައިފި

1 ދުވަސް ކުރިން
team

އާރުޑީސީން މިހާރު ކުރާ މަސައްކަތްތަކުގެ ތަފުސީލް ދީފި

1 ދުވަސް ކުރިން
team

އެމްޓީޑީސީގެ އެމްޑީ ނިޔާޒް މަގާމުން ވަކިކޮށްފި

1 ދުވަސް ކުރިން
team

ކަނޑު ބޯޓެއްގައި މަނަދޫއަށް ޑުރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ސްޕޯޓް ފިޝިންގެ އިތުރު ބައްދަލުވުމެއް އޮގަސްޓް 15 ގައި ބާއްވަނީ

1 ދުވަސް ކުރިން
team

މިސްރު ސަރުކާރުން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy