ބަނގުރާ ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ.ހިޔާ 4-18-15 / މާލެ، އަމާން އިބްރާހީމް (25އ) އެވެ.
އޭނާ ހައްޔަރުކުރީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގަ އެވެ.
މި އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް 1، ފޭސް 2 ވެމްކޯ ބުރިޖު ދަށުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ، ނުވަތަ ބިޔަރު ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް