ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް: 17 އަހަރުން ދަށުގެ ފައިނަލަށް އުކުޅަހާ އެފްއެފްއެފްއޭ

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ރިދަން ސްޕޯޓްސް ކުލަބު

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް 2026ގެ 17 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލަށް ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީގެ އިތުރުން އުކުޅަސް ސްޕޯޓްސް އެކަޑެމީ ދަތުރުކޮށްފިއެވެ.

އއ. ތޮއްޑޫގައި ކުޅޭ އެ މުބާރާތުގެ ފައިނަލަށް އެ ދެ ޓީމު ދަތުރުކުރީ ސެމީ ފައިނަލް މެޗު ތަކުން މޮޅުވެގެންނެވެ. އެގޮތުން ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީން ވަނީ އެ ޓީމު ކުޅުނު ސެމީ މެޗުގައި ނިއު ސްޓާ ސްޕޯޓްސް އެކަޑެމީ 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މީގެ އިތުރުން އުކުޅަސް ސްޕޯޓްްސް އެކަޑެމީން ވަނީ ސެމީ މެޗުގައި ޔުނައިޓެޑް ވިކްޓްރީ ސްޕޯޓްސް އެކަޑެމީ ބަލިކޮށްފައެވެ. އުކުޅަސް ސްޕޯޓްސް އެކަޑެމީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލް މެޗުތަކުން މޮޅުވެ ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީއާއި އުކުޅަސް ސްޕޯޓްސް އެކަޑެމީ ބައްދަލުކުރާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15ގައެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު އެކަޑެމީތަކުން ވެސް ބައިވެރިވެއެވެ. އެގޮތުން މާލެއިން ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ އެކަޑެމީއާއި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީ ހިމެނެއެވެ. އއ. އުކުޅަހުން އެ މުބާރާތުގައި އުކުޅަސް ސްޕޯޓްސް އެކަޑެމީ ބައިވެރިވާއިރު އެ އަތޮޅު ރަސްދޫއިން އެ މުބާރާތުގައި ބައިވެރިވަނީ ރަސްދޫ ފުޓްބޯލް އެކަޑެމީއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ސަޑޭ ސްޕޯޓްސް އެކަޑެމީން ވެސް އެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. ޅ. ނައިފަރުގެ މަޝްހޫރު އެޕެކްސް ސްޕޯޓްސް އެކަޑެމީން ބައިވެރިވާއިރު ކ. މާފުށީގެ ނިއު ސްޓާ އެކަޑެމީން ވެސް ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.

ލަންކާއިން އެ މުބާރާތުގައި ވާދަކުރާނީ ޖެޓްލައިނާސް އެކަޑެމީއެވެ. އަދި ތޮއްޑޫއިން އެ މުބާރާތުގައި ކުޅެނީ ރިދަން ސްޕޯޓްސް އެކަޑެމީއެވެ.

މިމަހުގެ 18 ވަނަ ދުވަހު ފެށި އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް މިހާރު ވަނީ ނިމިފައެވެ.

މިއަހަރުގެ މުބާރާތް ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ހަތަރު އުމުރުފުރާއަށް ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ.

އެ މުބާރާތުގެ ދެވަނަ ބައި ފަށަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ވާދަކުރާނީ 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 12 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy