ރައްކާތެރިކަމާއި އޮޕަރޭޝަނަލް އެކްސެލެންސް ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ދަށުން ފަހުރުވެރި މައިލްސްޓޯނެއް ހާސިލުކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަނާއި ރެޖިސްޓްރޭޝަން ކާމިޔާބުކަމާ އެކު އައުކޮށްފި އެވެ.
މި މުހިންމު ކާމިޔާބީގެ އިތުރުން، އެމްއޭސީއެލުން ވަނީ އަޔާޓާގެ "އެންހޭންސްޑް ޖީއެސްއީ" ރެކޮގްނިޝަން ވެސް ހާސިލުކޮށްފަ އެވެ.
އެމްއޭސީއެލުން ބުނީ، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސް ދެމެހެއްޓުމަށް ޓަކައި އެ ކުންފުނީގެ މުޅި ޓީމުން ކުރަމުންދާ ބުރަ މަސައްކަތާއި ދެމުންދާ ހާއްސަ ސަމާލުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
އަޔާޓާ އެކްރެޑިޓޭޝަން އައުކުރުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެވޭ ގްރައުންޑް ހޭންޑްލިން ހިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިވެ، ރައްކާތެރިކަމާއެކު އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
ކޮމެންޓް