ރާއްޖެއިން ޔޫއޭއީއާ އެކު ތިން ދާއިރާއަކުން ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި ޔޫއޭއީއާ އެކު ތިން ދާއިރާއަކުން ގުޅުން ބަދހިކުރަން މަޝްވަރާކުރުން: ފޮޓޯ/ އެންވަޔަރްމެންޓް މިނިސްޓްރީ

ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ހަކަތައާއި، ފެނާއި އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރު އަލީ ޝަރީފް، ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، ހިބާ އަލް ޖުނައިބީއާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޔޫއޭއީގެ މަޝްހޫރު މަސްދަރު ކުންފުންޏާ އެކު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށެވެ.

އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފަ އެވެ.

މީގެއިތުރުން، ކުނިން ހަކަތަ އުފެއްދުމާއި (ވޭސްޓް-ޓޫ-އެނާޖީ)، ފެނާއި ނަރުދަމާގެ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން، މި ދާއިރާތަކުން ދިވެހި ފަންނީ މުވައްޒަފުން ތަމްރީނުކޮށް ގާބިލުކަން އިތުރުކުރުމަށް (ކެޕޭސިޓީ ބިލްޑިން) ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރާއްޖޭގެ ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން އަންނަނީ ލިބެމުންނެވެ.

އެންވަޔަރްމަންޓް އެންޑް އެނާޖީ މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ބައްދަލުވުމެއް ކަމަށެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy