ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

ސައުދީގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ހަފުލާގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސައުދީގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއާއި ސައުގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމަށާއި، ދެ ގައުމުގެ މެދުގައި އިގުތިސާދީ ގުޅުމާއި، ވުނަކުރުމާއި އަދި ތަރައްގީގެ ބައިވެރިވުން ފުޅާކުރުމަށް ފުރުސަތުތަކެއް ފަހިވަމުންއެބަދާކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަފުޅުގައި ދެ ގައުމުގެ ގުޅުމުގެ އަސާސަކީ އެއް އަގީދާއަކާއި، އެއްގޮތް އުސޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީގައި ސައުދީން ވަމުން އަންނަ ދީލަތި އެހީތެރިކަމަށާއި، ހާއްސަގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދިން އެހީތެރިކަމާ އެކު މެދުނުކެނޑި ދެމުން އަންނަ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވަނީ ރާއްޖޭގައި ވުނަކުރުމުގެ މާހައުލު އިތުރަށް ފަހިކޮށްދެއްވައި، ރާއްޖޭގެ އިގުތިސާދަށް ގެންނަ ހެޔޮ ބަދަލުތަކުގައި ސައުދީގެ ވިޔަފާރިވެރިންނާއި ވުނޭރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ވެސް ސައުދީއާ އެކު ގާތުން މަސައްކަތްކުރެއްވުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސް ވަނީ ތަކުރާރުކުރައްވާފަ އެވެ. މީގެ އިތުރުން، ސުއްހައާއި، ހަމަޖެހުމާއި، ތަނަވަސްކަން ގާއިމުކުރުމުގެ އިތުރުން، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މެދުނުކެނޑި މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި ބަދަހި ގުޅުމާ އެކު، ރާއްޖެއާއި ސައުދީ ގުޅިގެން އަދަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ފާޅުކުރެއްވި އެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

4 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

4 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއިން ޔޫއޭއީއާ އެކު ތިން ދާއިރާއަކުން ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފި

3 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy