ރ. ވާދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރެވެ. ފެނަކައިގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އާރިފެވެ.
ހެލްތް މިނިސްޓްރީން ބުނީ މި މަޝްރުއުގެ ދަށުން ނާސް ސްޓޭޝަނާއި، 4 އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ޕްރޮސީޖާ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ސްޓޯ ރޫމްސްއާ ލޯންޑްރީ ރޫމް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.
ޖުމްލު 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުއޫގެ އަގަކީ 5.7 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް