ސަރުކާރަށް ކުރާ ތާއީދު އީޝާ އަނބުރާ ގެންގޮސްފި

އައިޝަތު އީޝާ އަޝްރަފު

މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކުރަމުންދިޔަ ތާއީދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިޔާ ޕޮލިޓިކަލް ޑިރެކްޓަރުކަމުން ދާދި ފަހުން ވަކިކުރި އައިޝަތު އީޝާ އަޝްރަފު މިއަދު އަނބުރާ ގެންގޮސްފި އެވެ.

އީޝާ ގެ ތާއީދު އަނބުރާ ގެންދިޔައީ މުއްދަތު ހަމަވެފައި އޮތް ކޯޓު އަމުރެއް ހިފައިގެން ފުލުހުން އައިސް އޭނާގެ ބައްޕަ ހައްޔަރުކޮށްގެން ގެންދިއުމުން، މިއީ އާރާއި ބާރު ނަހަމަ ގޮތުގައި ހިފާ ސަރުކާރެއް ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން އީޝާ މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނީ އިއްޔެއިން ފެށިގެން އޭނާގެ ބައްޕަ ވަނީ ހުޅުމީދޫ ފެނަކަ ބްރާންޗުގެ ޑިރެކްޓަރުކަމުން އިސްތިއުފާ ދީފައި ކަމަށެވެ.

އީޝާ ބުނިގޮތުގައި އެކަން ކުރާން މަޖުބޫރުވީ ސަރުކާރުން އޭނާގެ ބައްޕަގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވައި އެކަން ސާބިތު ކުރަން ކޯޓަށް ގެންދިޔަ ހިސާބުންނެވެ.

"މާތްﷲގެ އިރާދަފުޅުން ބައްޕައަށް އިންސާފު ލިބިއްޖެ. އަދި ޕީއެންސީގެ ސަރުކާރަށް އަޅުގަނޑާ އަޅުގަނޑުގެ ބައްޕަ ކުރަމުން އައި ތާއީދު އަނބުރާ ގެންގޮސްފިން. ވަރަށް ސަލާމް،" އީޝާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އީޝާ ބުނީ 13 މާޗުން 18 މާޗަށް ހަމަވެފައި އޮތް ކޯޓު އަމުރެއް ހިފައިގެން މި މަހުގެ 23 ވަނަ ދުވަހު މީދޫ، ފުލުހުން އޭނާގެ ގެއަށް ވަދެ މުޅި ގެ ބަލައި ފާސްކޮށް، ބައްޕަ ހައްޔަރުކޮށްގެން ދެންދިޔައީ ހެތްކެއް ނެތް ކަމެއްގައި ކަމަށެވެ. އަދި އިޝާ ވަނީ އެއީ ޒާތީ ކަމެއްގައި މަތިން އަންގައިގެން ކުރި ކަމެއްތޯ ސުވާލުކޮށްފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން މި ސަރުކާރުގައި އީޝާ ވަނީ ރައީސް އޮފީހުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

team

ފެނަކައިގެ ހިންގުން ޑރ. އަލީ އަޒުވަޒާ ހަވާލުކޮށްފި

4 މިނިޓު ކުރިން
team

އުރީދޫގެ އެހީތެރިކަމާ އެކު މިސްކިތްތައް މަރާމާތު ކުރަނީ

43 މިނިޓު ކުރިން
team

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފުތިތާހުކޮށްފި

1 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ހައްޔަރުކޮށްފި

1 ގަޑިއިރު ކުރިން
team

ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އަރުވައިފި

2 ގަޑިއިރު ކުރިން
team

ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

2 ގަޑިއިރު ކުރިން
team

ލިޔުންތެރިންގެ ހުރި ދަތިތައް ހައްލުކޮށްދޭނަން: ހީނާ

3 ގަޑިއިރު ކުރިން
team

"ކާބޯތަކެތީގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި ‏އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް‏"

4 ގަޑިއިރު ކުރިން
team

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައިފި

13 ގަޑިއިރު ކުރިން
team

ރޯދަ މަހަށް ރާއްޖޭގެ އެކި ކަންކޮޅުގައި 14 މިސްކިތް ހުޅުވަނީ

13 ގަޑިއިރު ކުރިން
team

ބަނގުރާ ނެޓްވޯކުގެ އިސްމީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް

15 ގަޑިއިރު ކުރިން
team

ގުރައިދޫގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްވެއްޖެ

16 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy