މި ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގައި މަސައްކަތް ކުރަން ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުވަލައިލައިފި އެވެ.
އެމްޓީސީސީން ބުނީ މާލެ ޓެކްސީ ލައިންގެ ހިދުމަތާ ގުޅުމަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.
ޕާޓްޓައިމް ޑްރައިވަރަކަށް ވާން ބޭނުން ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓަރީ ވެވޭނީ https://drivers.mtcc.com.mv މެދުވެރިކޮށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
މި ހިދުމަތް ދިނުމަށް 407 ޑްރައިވަރުން ބޭނުންވާއިރު، މީގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރުމަށެވެ. އަނެއް 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
މީގެ އިތުރުން އެމްޓީސީސީން މިހާރު ވަނީ ޓެކްސީ ލައިނަށް ގުޅުމަށް ޓަކައި ހާއްސަ ހޮޓްލައިން ނަމްބަރެއް ތައާރަފުކޮށްފަ އެވެ. އެއީ 1655 އެވެ.
ކޮމެންޓް