ހަތް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިސްމާއީލް ހަމީދުއާ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އަބްދުލް ރަހުމާން ޔޫސުފެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި މަޝްރޫއުތަކަކީ؛
1. ތ. ކަނޑޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން
2. ކ. ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްގީ ކުރުން
3. ނ. ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދޯނި އެހެލާ ސަރަހައްދާއި ފަތާ ސަރަހައްދު ތަރައްގީ ކުރުން
4. ގއ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
5. ލ. މުންޑޫ ބަނދަރު ތަރައްގީ ކުރުން
6. ރ. އަނގޮޅިތީމު ބަނދަރުގެ ނެރު ފުންކުރުމާއި ފަތާ ސަރަހައްދު ފުންކުރުމާއި ޖެޓީ ހެދުން
7. ގދ. ހޯޑެއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
ކޮމެންޓް