ބޮޑުތަކުރުފާނު މަގުގެ ތިން ވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގުގެ ތިން ވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފި: ފޮޓޯ/ އެމްޓީސީސީ

މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީ (ސެގްމެންޓު 2 އިން ސެގްމެންޓު 5) ގެ މަސައްކަތުގެ ދަށުން ހޭންވޭރު ފެރީ ޓާމިނަލާއި މަސްވެރީންގެ ޕާކާ ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

މި މަސައްކަތް ނިމެންދެން މަސްވެރީންގެ ޕާކުން ފެށިގެން 5 ނަމްބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދު ވާނެ އެވެ. މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން 5 ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދު ވާނެ އެވެ. އަދި އޭޕްރީލް 17 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން ބަންދު ވާނެ އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް 144.5 މިލިއަން ރުފިޔާއަށް މި ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރީ 455 ދުވަސް ތެރޭގައި ނިންމުމަށެވެ.

އެ މަގު ފުޅާ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ ދަށުން ރަސްމީ ފާލަމުން ފަށައިގެން މަސް މާރުކޭޓާ ހަމައަށް އެއްގަމުތޮޅި ބޭރަށް ޖައްސައި މަގު 4 ލޭނަށް ފުޅާކޮށް، ވަނީ ތާރު އަޅާފަ އެވެ. މީގެ އިތުރުން ދެ ވަނަ ސެގްމެންޓުގެ ދަށުން މަސް މާރުކޭޓު ސަރަހައްދުން ފަށައިގެން ނޯތް ހާބަރާ ހަމައަށް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.

ކޮމެންޓް

team

ވާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ފެނަކައާ ހަވާލުކޮށްފި

6 ގަޑިއިރު ކުރިން
team

7 ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީއަށް

7 ގަޑިއިރު ކުރިން
team

ހަނގުރާމަ ހުއްޓުވުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތް ވަރުގަދަ ކުރޭ: ރާއްޖެ

9 ގަޑިއިރު ކުރިން
team

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

12 ގަޑިއިރު ކުރިން
team

ސަރުކާރަށް ކުރާ ތާއީދު އީޝާ އަނބުރާ ގެންގޮސްފި

12 ގަޑިއިރު ކުރިން
team

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

15 ގަޑިއިރު ކުރިން
team

ދިވެހި ހައްޖާޖީން ތިބޭ މިނާ ޓެންޓުތަކަށް 60 ފާހާނާ އިތުރުކޮށްފި

1 ދުވަސް ކުރިން
team

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަ ޝިޕްމެންޓް ގެނެސްފި

1 ދުވަސް ކުރިން
team

ޓެކްސީ ލައިނަށް ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓަރީ ވުމަށް ހުޅުވައިލައިފި

1 ދުވަސް ކުރިން
team

ތިނަދޫގައި ހަދާ 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން
team

ޝަކޫރުގެ މުޅި ހަޔާތުގައިވެސް އިސް ކުރެއްވީ ގައުމު: ރައީސް

1 ދުވަސް ކުރިން
team

ރާއްޖެއާ ޕާކިސްތާނުގެ ގުޅުން ބިނާވެގެންވަނީ، ތަރައްގީގެ މައްޗަށް: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy