ރާއްޖެއާ ޕާކިސްތާނުގެ ގުޅުން ބިނާވެގެންވަނީ، ތަރައްގީގެ މައްޗަށް: ރައީސް

ރައީސް ޑރ. މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

"ޕާކިސްތާނު ޑޭ" ގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށާއި، އެގައުމުގެ ރައްޔިތުންނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

ޕާކިސްތާނުގެ ރައީސަށް ރައީސް ޑރ. މުއިއްޒު ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމާއި ސަރަހައްދުގެ ތަރައްގީއަށް އިސްކަން ދެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، ދެ ގައުމުގެ ދެމެދުގައްޔާއި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެ އެވެ.

ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް ވަނީ، ރާއްޖެއާ ޕާކިސްތާނާ ދެމެދުގައި އޮންނަ އުހުއްވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އަދި 1966 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރެވުނީއްސުރެ، ދެ ގައުމުގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި، ދެ ގައުމަށް ވެސް ފައިދާ ކުރަނިވި ކަންކަމުގައި ބިނާ ކުރަނިވި ގޮތެއްގައި ބައިވެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުމާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން މުހިއްމު ހިއްސާއެއް އަދާ ކުރާކަން ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސްގެ ސިޓީފުޅުގައި، ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން ބިނާ ވެގެން ވަނީ، އިސްލާމީ އަގީދާއާ އަދި ދެ ގައުމުން ވެސް، ތަރައްގީއާ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ކަމުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުގައި، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތަކާއި އުފާވެރިކަމަށާ، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާ ކުރިއެރުން މިންވަރު ކުރެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ކޮންމެ އަހަރަކު ވެސް މާރޗު މަހުގެ 23 ވަނަ ދުވަސް، "ޕާކިސްތާނު ޑޭ"ގެ ގޮތުގައި ފާހަގަ ކުރަނީ 1940 ވަނަ އަހަރުގެ ލާހޯރު ރިޒޮލިއުޝަނާ ގުޅުވައިގެންނެވެ.

ކޮމެންޓް

team

ވާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ފެނަކައާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

7 ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީއަށް

8 ގަޑިއިރު ކުރިން
team

ހަނގުރާމަ ހުއްޓުވުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތް ވަރުގަދަ ކުރޭ: ރާއްޖެ

11 ގަޑިއިރު ކުރިން
team

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

13 ގަޑިއިރު ކުރިން
team

ސަރުކާރަށް ކުރާ ތާއީދު އީޝާ އަނބުރާ ގެންގޮސްފި

14 ގަޑިއިރު ކުރިން
team

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

16 ގަޑިއިރު ކުރިން
team

ދިވެހި ހައްޖާޖީން ތިބޭ މިނާ ޓެންޓުތަކަށް 60 ފާހާނާ އިތުރުކޮށްފި

1 ދުވަސް ކުރިން
team

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަ ޝިޕްމެންޓް ގެނެސްފި

1 ދުވަސް ކުރިން
team

ޓެކްސީ ލައިނަށް ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓަރީ ވުމަށް ހުޅުވައިލައިފި

1 ދުވަސް ކުރިން
team

ބޮޑުތަކުރުފާނު މަގުގެ ތިން ވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން
team

ތިނަދޫގައި ހަދާ 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން
team

ޝަކޫރުގެ މުޅި ހަޔާތުގައިވެސް އިސް ކުރެއްވީ ގައުމު: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy