ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އއ. މަތިވެރިއަށް އައު ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލްކޮށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން އަތޮޅުތެރޭ ރަށްތަކުގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށާއި، ޕީކް ސީޒަނާއި ރޯދަ މަހަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މަތިވެރިއަށް 600 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް ގެންދެވި މިހާރު ދަނީ ބޭނުން ކުރެވެމުން ކަމަށެވެ.
މަތިވެރީގައި އަލަށް ބެހެއްޓި އެ ޖަނަރޭޓަރު ސެޓާ އެކު އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 1650 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ މި އަހަރުގެ ޕީކް ސީޒަނާއި ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން އަތޮޅު ތެރޭގެ ގިނަ ރަށް ތަކަކަށް އައު ޖެންސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތުގެ ދަށުން މިހާތަށް ވަނީ މަތިވެރީގެ އިތުރުން ތޮއްޑޫ އާއި ގުރައިދޫގައި ވެސް 1000 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ބަހައްޓައި ކަރަންޓު ދޭން ފަށާފަ އެވެ.
ކޮމެންޓް