ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

ކާރިސާތަކަށް ތައްޔާރުވުމާއި، ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް ވަނީ ތައާރަފުކޮށްފައި: ފޮޓޯ/ ‏އެމްޑީއެމްއޭ

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ‏‏ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ‏‏ކޮމިއުނިކޭޝަނަށް ހާއްސަކޮށްގެން "ހުޝިޔާރު" ގެ ނަމުގައި ވެބްސައިޓެއް ތައާރަފުކޮށްފި އެވެ.

ހުޝިޔާރު ކެމްޕެއިންގެ އެންމެ މުހިންމު އެއް މަގުސަދަކީ ކާރިސާތަކާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރު ކުރުމެވެ. ‏

ހުޝިޔާރު ވެބްސައިޓަކީ ‏‎(hushiyaaru.mv)‎‏ މުޖުތަމައުއަށް މައުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރު ކުރުމަށް ‏‏އެހީތެރިވެދޭ، ގިނަ ބަސްތަކަކުން އިންޒާރުގެ މެސެޖް ފޯރުކޮށްދޭ އަދި އަމަލީ ގޮތުން އަޅާނެ ފިޔަވަޅު ތަކުގެ މައުލޫމާތު ‏‏ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމުން އަރައްކާތަކާއި ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރު ކުރުމުގެ ‏‏ވީޑިއޯތަކާއި، ޑައުންލޯޑް ކުރެވޭ ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާ އަށް ބޭނުންވާ ފަންނީ މައުލޫމާތު ލިބެން ހުންނާނެ އެވެ. އަދި މި ‏‏ޕްލެޓްފޯމް ފަސް ބަހަކުން ބޭނުން ކުރެވޭނެ އެވެ.

ޕްލެޓްފޯމް ފަރުމާ ކުރެވިފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ‏‏ފަސޭހައިން ބޭނުން ކުރެވޭ ގޮތަށެވެ. ‏

ރަސްމީކޮށް "ހުޝިޔާރު" ވެބަސައިޓް ތައާރަފު ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ކާރިސީ ‏‏ހިރާސް ކުޑަ ކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގަ އެވެ.

އެންޑީއެމްއޭ އިން ބުނީ ރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030 ގައި ބަޔާންކޮށްފައިވާ 'އިޖާބަދިނުމަށް މުޖުތަމައު ބާރުވެރިކުރުވުން' މި މުހިންމު އަމާޒަށް ވާސިލުވުމަށް ޓަކައި ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭ ހާއްސަ ވެބްސައިޓެއް މިއަދު ގާއިމު ކުރެވިގެން ދިއުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.

ކޮމެންޓް

team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

7 ގަޑިއިރު ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

16 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ހަނިމާދޫގައި ފުޅާކޮށް ޑުރަގު ޑީލްކުރާ ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ދިހަ ރަށެއްގައި 11 ޕްރޮޖެކްޓެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ވައިގަދަވާނެތީ ރޭގަނޑު ކަނޑުދަތުރު ނުކުރަން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން
team

ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން
team

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އިތުރު މަރެއް

1 ދުވަސް ކުރިން
team

މަރޮށީގެ ބިން ހިއްކުމުގެ މަޝްރޫއު 148.57 މިއަނަށް އެމްޓީސީސީއަށް ދީފި

1 ދުވަސް ކުރިން
team

ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި އެންމެން ސަލާމަތްކޮށްފި

1 ދުވަސް ކުރިން
team

ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy