ސަރުކާރުން ދިހަ ރަށެއްގައި 11 ޕްރޮޖެކްޓެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒް އާއި ހުސެއިން ނިހާދު އަދި އަސްލަމް ރަހާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
ޕްރޮޖެކްޓް ހިންގާ ރަށްރަށަކީ؛
1. ލ. ފޮނަދޫ ފުޓްސަލް ދަނޑުގެ ކޮންސްޓްރަކްޝަން މަސައްކަތް.
2. ލ. ހިތަދޫ އައުޓް ޑޯ ވޮލީކޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް.
3. ލ. މާވަށު އައުޓް ޑޯ ވޮލީކޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް.
4. ލ. މާވަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުން.
5. ހއ. ވަށަފަރު އައުޓް ޑޯ ވޮލީކޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް.
6. ކ. މާފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުން.
7. ކ. ދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުން.
8. ކ. ގުޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުން.
9. ކ. ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުން.
10. ކ. ހިންމަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުން.
11. ކ. ހުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުން.
ކޮމެންޓް