މަރޮށީގެ ބިން ހިއްކުމުގެ މަޝްރޫއު 148.57 މިއަނަށް އެމްޓީސީސީއަށް ދީފި

މަރޮށީގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން: ފޮޓޯ/ އެމްޓީސީސީ

ށ. މަރޮށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު އިއްޔެ އެ ރަށުގައި ބާއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގެ ތެރެއިން ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ‏‏ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ‏‏އެވެ. ‏

މި މަޝްރޫއުގެ ދަށުން 14.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 669 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 389 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއަކީ 148.57 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އެމްޓީސީސީން ބުނީ 998 މީހުންގެ އާބާދީއެއް އޮންނަ މަރޮއްޓަކީ ފަރުމަސްވެރިކަމާއި ގެސްޓް ހައުސް ވިޔަފާރި އާއި ފަންގި ވިނެގެން އާމްދަނީ ހޯދާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މި ރަށުގެ ބިން ހިއްކައި ނިމުމުން ގޯތިގެދޮރު އެޅުމަށާއި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް އިތުރު ބިން ރަށުން ލިބޭނެ ކަމަށެވެ.

މިއީ ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިވެގެންދާނޭ ކަމެއް ކަމަށާއި މީގެ އިތުރުން މި ރަށަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަން އެމްޓީސީސީން ފާހަގަކުރެ އެވެ.

ވޭތުވެދިތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 30 ރުއް ވަނީ ވެއްޓިފައިވާ ކަމަށާއި މިއީ ފަންގިވިނެގެން އާމްދަނީ ހޯދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެހެންކަމުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް ރަށްގިރުމުގެ ނުތަނަވަސްކަމުން ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ކޮމެންޓް

team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

3 ގަޑިއިރު ކުރިން
team

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

7 ގަޑިއިރު ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

13 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ހަނިމާދޫގައި ފުޅާކޮށް ޑުރަގު ޑީލްކުރާ ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ދިހަ ރަށެއްގައި 11 ޕްރޮޖެކްޓެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ވައިގަދަވާނެތީ ރޭގަނޑު ކަނޑުދަތުރު ނުކުރަން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން
team

ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން
team

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އިތުރު މަރެއް

1 ދުވަސް ކުރިން
team

ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި އެންމެން ސަލާމަތްކޮށްފި

1 ދުވަސް ކުރިން
team

ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy