އަޕްގްރޭޑިން މަސައްކަތެއް ކުރާތީ މިއަދު ހެނދުނު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ، ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުން މިއަދު ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އެ ގޮތުން މާލެ ސިޓީ، ހުޅުމާލެ، ފުރަތަމަ ފިޔަވަހި ރަބަރުގަސް މަގު އަދި ރަބަރުގަސް މަގު ގޯޅި 4 އަދި 5 ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ.
ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.
ކޮމެންޓް