ވައިގަދަވާނެތީ ރޭގަނޑު ކަނޑުދަތުރު ނުކުރަން އިލްތިމާސްކޮށްފި

ކަނޑުގަދަ ދުވަހެއްގައި ލޯންޗަކާއި ދޯންޏެއް ދަތުރުކުރަނީ: ފޮޓޯ/ ޕީއެސްއެމް

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފުން އެދެފި އެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އެ ގޮތުން ދަތުރުކުރާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އޭގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރެ އެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް

team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

3 ގަޑިއިރު ކުރިން
team

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

7 ގަޑިއިރު ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

13 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ހަނިމާދޫގައި ފުޅާކޮށް ޑުރަގު ޑީލްކުރާ ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ދިހަ ރަށެއްގައި 11 ޕްރޮޖެކްޓެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން
team

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އިތުރު މަރެއް

1 ދުވަސް ކުރިން
team

މަރޮށީގެ ބިން ހިއްކުމުގެ މަޝްރޫއު 148.57 މިއަނަށް އެމްޓީސީސީއަށް ދީފި

1 ދުވަސް ކުރިން
team

ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި އެންމެން ސަލާމަތްކޮށްފި

1 ދުވަސް ކުރިން
team

ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy