ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ޑރ. މުއިއްޒު ފުނަދޫއަށް ވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.

މި ދަތުރުފުޅުގައި، ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށްކަމަށްވާ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތްކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލު ކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި މަޝްރޫއުތައް ފައްޓަވާފައިވެ އެވެ.

އަދި އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް

team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

3 ގަޑިއިރު ކުރިން
team

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

7 ގަޑިއިރު ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

13 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ހަނިމާދޫގައި ފުޅާކޮށް ޑުރަގު ޑީލްކުރާ ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ދިހަ ރަށެއްގައި 11 ޕްރޮޖެކްޓެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ވައިގަދަވާނެތީ ރޭގަނޑު ކަނޑުދަތުރު ނުކުރަން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން
team

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އިތުރު މަރެއް

1 ދުވަސް ކުރިން
team

މަރޮށީގެ ބިން ހިއްކުމުގެ މަޝްރޫއު 148.57 މިއަނަށް އެމްޓީސީސީއަށް ދީފި

1 ދުވަސް ކުރިން
team

ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި އެންމެން ސަލާމަތްކޮށްފި

1 ދުވަސް ކުރިން
team

ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy