ހަނިމާދޫގައި ފުޅާކޮށް ޑުރަގު ޑީލްކުރާ ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

ހަނިމާދޫގައި ޑުރަގު ޑީލްކުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ: ފޮޓޯ/ ފުލުހުން

ހދ. ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ޑީލްކުރާކަމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަނިމާދޫ، ޑޯން ޝައިން އަހުމަދު އަޒުމީ، 40، އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި އަޅާފައިވާ ހަ ރަބަރު ޕެކްޓް ވަނީ ފެނިފަ އެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 8.2 ގްރާމް އެވެ.

ފުލުހުން ބުނިގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ޖަހައިދިނެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒުމީ، މީގެ ކުރިން ވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހަނިމާދޫ އިން ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

3 ގަޑިއިރު ކުރިން
team

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

7 ގަޑިއިރު ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

12 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ދިހަ ރަށެއްގައި 11 ޕްރޮޖެކްޓެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ވައިގަދަވާނެތީ ރޭގަނޑު ކަނޑުދަތުރު ނުކުރަން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން
team

ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން
team

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އިތުރު މަރެއް

1 ދުވަސް ކުރިން
team

މަރޮށީގެ ބިން ހިއްކުމުގެ މަޝްރޫއު 148.57 މިއަނަށް އެމްޓީސީސީއަށް ދީފި

1 ދުވަސް ކުރިން
team

ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި އެންމެން ސަލާމަތްކޮށްފި

1 ދުވަސް ކުރިން
team

ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy