ވައިގަދަވާނެކަމަށް ބަލާ ރީނދޫ ސަމާލުގެ ވަގުތު މިއަދުވެސް ދަންމާލައިފި

މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ރަށެއްގައި ފެންބޮޑުވެފައި

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ ރީނދޫ ސަމާލު ދަންމާލައިފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށެވެ.

މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި އިއްޔެ ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. މި ގޮތުން 20 ރަށެއްގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބުނު އިރު، މާލޭގެ 231 ގެއެއްގައި ފެންބޮޑުވެގެން ރިޕޯޓްކުރިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތު ދެއްވާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވައެވެ.

މޫސުމާ ބެހޭ އިދާރާއިން އަންގާފައިވާ ގޮތުގައި މި ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހު ވެސް ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy