މީރާއަށް ލިބުނު އާމްދަނީ ލަފާކުރި މިންވަރަށްވުރެ 16.4 އިންސައްތަ އިތުރުވެއްޖެ

މީރާގެ އޮފީސް

މިދިޔަ ޖުލައި މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ އެ މުއްދަތުގައި ލިބުނު އާމްދަނީ 16.4 އިންސައްތަ އިތުރުވެއްޖެ ކަމަށް މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ޖުލައި މަހުގެ ހިސާބުތައް ދައްކާގޮތުން އެ މުއްދަތުގައި އެ އިދާރާއަށް 2.93 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 17.1 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރުގެ ޖުލައި މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ސެކަންޑް އިންޓަރިމް ބޭންކު އިންކަމް ޓެކްސް ދެއްކުން އަވަސްވުމާއި، 2024 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް ލިބުމަކީވެސް އާމްދަނީ އިތުރުވުމަށް މަގުފަހިވި ކަމެކެވެ.

މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. މީރާގެ ހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ އާމްދަނީގެ 50 އިންސައްތަ ހިއްސާކުރަނީ އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއެވެ.

އެގޮތުން، އިންކަމް ޓެކްސްގެ ގޮތުގައި ޖުލައި މަހު 1.4 ބިލިއަން ރުފިޔާ ލިބުނެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖުމްލަ އާމްދަނީގެ 33.33 އިންސައްތަ ހިއްސާކުރާ ޖީއެސްޓީން 977 މިލިއަން ރުފިޔާ ލިބުނެވެ.

ޖުމްލަ އާމްދަނީގެ 3.96 އިންސައްތައަކީ ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު 116 މިލިއަން ރުފިޔާއެވެ. އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 77 މިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ 2.65 އިންސައްތައެވެ. އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 75 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޖުމްލަ އާމްދަނީގެ 2.56 އިންސައްތައެވެ. މީރާގެ ހިސާބުތައް ދައްކާގޮތުން ޖުލައި މަހު އެ އިދާރާއަށް ޑޮލަރުން ލިބުނު އާމްދަނީއަކީ 75.77 މިލިއަން ޑޮލަރެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy