ވަކި ލިމިޓެއް ނެތި، ހުރިހާ ކަމެއްގައި ޒުވާނުންނަށް ބަސް ބުނެވޭނެ: ރައީސް

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިސަރުކާރުގައި ޒުވާނުންނަށް ބަސް ނުބުނެވޭނެ ކަމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އިފްތިތާހުކޮށް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޤައުމުގެ އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުންކަމަށެވެ. ޒުވާނުންނަކީ ދައުލަތް ހިންގުމުގައި އަދި ދައުލަތުގެ އެހެން ހުރިހާ ކަމެއް ބައްޓަން ކުރުމުގައި ބަސް އިއްވާނެ ބަޔަކަށް ވާނެކަމަށެވެ.

"ޒުވާނުންނަށް އެއްވެސް ކަހަލަ ލިމިޓެއް ވަކި ކަމެއްގައި ބަސް ނުބުނެވޭނެކަހަލަ ކަމެއް ނޯންނަގޮތަށް ދައުލަތުގެ ހުރިހާ ކަމެއްގައި ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ތިބޭފުޅުންނަށް ލަފާދެއްވޭނެ. އަޅުގަނޑު އެދިގެން ކަމެއް ކުރުމަށްވުރެ ބޮޑަށް ތިބޭފުޅުން އަޅުގަނޑު ގާތުގައި ކަންކަން ކުރަން ތިބޭފުޅުންނަށް ފެންނަ އެންމެ ރަނގަޅު ގޮތެއް ވިދާޅުވުމުގެ ފުރުސަތު މިއޮތީ." ރައީސް ވިދާޅުވިއެވެ.

365630_9a71348d-4_.jpg

މި ބައްދަލުކުރެއްވުމުގައި އެ ކޮމިޓީގެ ފަރާތުން ވަނީ މިފަދަ ފުރުޞަތެއް ފަހިކޮށްދެއްވައި، ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯއްދެވުމަށް މިފަދަ ފުރުޞަތެއް ފަހިކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އިޙުސާސްތައް އަޑު އިއްވައިދިނުމަށް ރާވާފައިވާގޮތް ކޮމިޓީގެ ފަރާތުން އެމަނިކުފާނާއި ހިއްސާކުރެއްވިއެވެ.

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އިފްތިތާހުކޮށްދެއްވާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބެޖު އަރުވާފައެވެ. މި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy