މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުން އަންނަ ލ. ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޓާފް އެޅުމަށް ތައްޔާރުކުރުމުގެ މަސައްކަތާއި ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫެއުގެ ދަށުން ކޮންކްރީޓް މަސައްކަތާއި، ކަރަންޓްގެ މަސައްކަތުގެ އިތުރުން ޓާފް އެޅުމާއި، އިކްއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
އާބާދީގައި 963 މީހުން ދިރިއުޅޭ މިރަށުގައި ވޮލީކޯޓުގެ މަސައްކަތް ފުރިހަމަވުމާއެކު، އެރަށުގައި ވޮލީބޯޅަ ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ. މިއީ ސްޕޯޓްސް މިނިސްޓްރީން 1.24 މިލިއަން ރުފިޔާއަށް 120 ދުވަސް ތެރޭގައި ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ކޮމެންޓް