ޖުމްހޫރީ ދުވަހާ ގުޅިގެން މާދަމާ އުތީމު ގަނޑުވަރު ބަންދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖުމްހޫރީ ދުވަހާ ގުޅިގެން މިއަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ ކަމަށެވެ.
ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ގައުމީ ބަންދު ދުވަހަކަށް ވުމުން، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ 12 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.
ހެރިޓޭޖުން ބުނީ މިއަހަރުގެ ނޮވެންބަރު 12 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީ އެ ދުވަހު ވެސް އުތީމު ގަނޑުވަރު ބަންދުވާނެ ކަމަށެވެ.
ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށެވެ.
ޓިކެޓު ވިއްކާނީ ހެނދުނު 8:15 ން މެންދުރު 1:30 އަށެވެ.
ކޮމެންޓް