22 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިކަމާ ގުޅޭ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދެވެ.
މަގުހެދުމުގެ މަޝްރޫއުތައް؛
އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫގެ އިތުރުން ތ. ވަންދޫ
ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުން؛
އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، ނ. މިލަދޫ އަދި ރ. ފައިނު
ބަނދަރު އަޕްގްރޭޑްކުރުމާއި ތަރައްގީކުރުމުގެ މަޝްރޫއުތައް؛
ކ. ތުލުސްދޫ، ނ. ހޮޅުމީދޫ، ތ. ކަނޑޫދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ވިލުފުށި
ވައިކަރަދޫގައި ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން؛
މި މަޝްރޫއުގެ ދަށުން، އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަކާއި މޫދަށް އެރޭ ސަރަހައްދެއް ހަދައި، އެ ދެ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
އަދި ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، ގޮނޑުދޮށަށް ވެލިއަޅައި މުއްސަނދިކުރުމުގެ އިތުރުން ވެލިގަނޑު ހިފެހެއްޓުމަށް ގްރޮއިން ޖެހުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ޏ. ފުވައްމުލަކުގައި އޮފީސް ކޮމްޕްލެކްސް؛
މި މަޝްރޫއުގެ ދަށުން 9 ފަންގިފިލާގެ އޮފިސް އިމާރާތަކާއި، ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް