އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން --

އައްޑޫ ސިޓީ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ 32.47 ޕަސެންޓް މަސައްކަތް ނިންމައިލައިފި އެވެ.

‏އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 13 އޭޕްރީލް 2024 ގަ އެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އައްޑޫ ފެނުގެ ނިޒާމު ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ 32.47 ޕަސެންޓް މަސައްކަތް ނިންމައިލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ހިތަދޫ އާއި ހުޅުމީދޫގައި ގާއިމު ކުރާ އާރުއޯ ފެސިލިޓީ ބިލްޑިންގުގެ މަސައްކަތްތަކާއި، ފެން ރައްކައުކުރާ ތާންގީތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.

މި މަޝްރޫއުގައި ކުރާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އައްޑޫ ހިތަދޫގައި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓް ބެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން ފެން ރައްކައުކުރުމަށް 2،000 ޓަނުގެ ތިން ތާންގީ އާއި 1،000 ޓަނުގެ ތިން ތާންގީއާ އެކު ޖުމުލަ ހަ ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމުގެ އިތުރުން 100 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ހިތަދޫގައި ގާއިމު ކުރުން ހިމެނެ އެވެ.

މި މަޝްރޫއުގައި އައްޑޫ މީދޫގައި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކައުކުރުމަށް 1،000 ޓަނުގެ ތިން ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އަޅައި، 75 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުން ހިމެނެ އެވެ.

އަދި ހިތަދޫއާއި ހުޅުމީދޫ އަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ސ. މަރަދޫ، ސ. މަރަދޫ-ފޭދޫ އަދި ސ. ފޭދޫގައި ފެން ރައްކައުކުރުމަށް 1،000 ޓަނުގެ ޖުމުލަ ހަތަރު ތާންގީ ބެހެއްޓުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

9 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
team

ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެ

16 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy