ގއ. ގެމަނަފުށި ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އެސްއޭއެންއެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ކިނާނެވެ. އަދި އެސްއޭއެންއެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސަބާހު މުޙައްމަދެވެ.
ރާއްޖޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އެގޮތުން ރަށްރަށުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް އަލުން ފަށައި ނިންމުމާއި، ޒަމާނީ ފެންވަރުގެ ފުޓްބޯޅަ އަދި ފުޓްސަލް ދަނޑުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި ކުރިއަށް ގެންދަމުންނެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި ހުނަރުވެރި އެތުލީޓުން އުފެއްދުމަށްޓަކައި، ކުޅިވަރު ވަސީލަތްތައް ހަމަހަމަކަމާއެކު ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން އެކި ރަށްރަށުގައި އިންޑޯ ކުޅިވަރު އެކުވެނިތަކާއި ކުޅިވަރު ދަނޑުތައް ހެދުމުގެ ގިނަ މަޝްރޫއުތަކެއް ކުޅިވަރާ ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ ހިންގަމުންނެވެ.
ކޮމެންޓް