އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސް އޮފީހުގައި އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

ކުށްވެރިން ޖަލުން ދޫކޮށްލުމާއި ބަންދުން ލުއި ދިނުމާ މެދު ގޮތް ނިންމާ ޕެރޯލް ބޯޑު، އާ މެންބަރުންނާއެކު އަލުން އެކުލަވާލައިފި އެވެ.

ރައީސް އޮފީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުރިހާ މެންބަރުން އައްޔަންކޮށް، 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޕެރޯލް ބޯޑު އަލުން އުފައްދާފައިވާއިރު އެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ކުރިން ބޯޑު އުވާލިއިރު ވަކިނުކޮށް ތިބި 3 މެންބަރުން ޕެރޯލް ބޯޑު އަލުން އެކުލަވާލިއިރުވެސް ހިމެނެއެވެ.

ޕެރޯލްގެ ޤާނޫނުގެ ދަށުން އެކުލަވާލާ މި ބޯޑުގައި ހިމެނެނީ ބަންޑާރަ ނައިބުގެ އޮފީހާއި، ޕޮލިހާއި، ކަރެކްޝަނަލް ސާވިސްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ސިއްހީ ދާއިރާ ތަމްސީލުކުރާ މެޑިކަލް ޑޮކްޓަރަކާއި، ނަފްސާނީ ބަލިތަކުގެ ދާއިރާ ތަމްސީލުކުރާ ސައިކޭޓްރިސްޓެއް އަދި ޖަމިއްޔާތައް ތަމްސީލުކުރާ މެންބަރެކެވެ.

މި ބޯޑު ކުރިން ކުއްލި ގޮތަކަށް އުވާލާފައިވަނީ މަސްތުވާތަކެތީގެ ބޮޑު ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ގާނޫނާ ހިލާފަށް ޕެރޯލް ދީ ޖަލުން މިނިވަންކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެއީ އައްޑުއަށް ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޤާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ ޖަލުން މިނިވަންކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ފެންމަތިވުމާއެކު ބޯޑު އުވާލައި، އަބުޗާ ވަނީ އަލުން ޖަލަށް ގެންގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން 6 މެންބަރުން ވަކި ކުރަން ނިންމީ އެ ފަރާތްތަކުގެ ކުށެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް މިފަދަ ބޮޑު ނިންމުމެއް ނިންމުމުގައި ބައިވެރިވި މެންބަރުން އެ ބޯޑުގައި ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

9 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
team

ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެ

16 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy