ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތް: ޗައިނާ އަތުން ބަލިވެ ރާއްޖެއަށް ތިންވަނަ

ރާއްޖޭގެ ފުޓްސަލް ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި އެ ގައުމާއި ވާދަކޮށް 3-8 އިން ބަލިވެ، ރާއްޖެއަށް ތިންވަނައިގައި މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.

މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރިއިރު، މިއަދުގެ މެޗުން ރާއްޖެ އަތުން މޮޅުވުމުން ޗަައިނާ ވަނީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މުބާރާތުގައި ރާއްޖެވަނީ ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވެ، ދެވަނަ މެޗުގައި ހޮންގްކޮންގް އަތުން ތަފާތު ބޮޑުކޮށް މޮޅުވެފައެވެ.

ރާއްޖޭން މިއަދު ޗައިނާއާ ދެކޮޅަށް ނުކުމެ، ރަނގަޅަށް ކުޅެފައިވާ އިރު، މެޗުން ފެނުނީ ކުރިއެރުމެވެ. ރާއްޖޭން މީގެ 21 އަހަރު ކުރިން 2005 ވަނަ އަހަރުގެ ފުޓްސަލް އޭޝިއަން ޗެމްޕިއަންޝިޕްގައި ޗައިނާ އަތުން 21-0 އިން ބަލިވެފައިވާ އިރު، މިއީ އެ ނަތީޖާއާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެކެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ 12 މިނިޓް ތެރޭ ޗައިނާއިން ތިން ގޯލް ޖެހިއެވެ. އެ ގޯލްތައް ޖެހީ ވޫ ޒެވެލް، ވޫ ޔޫޗެންގެ އިތުރުން އަބްދުލާ އަބްދުވެލްއެވެ. އޭގެފަހުން ފުރަތަމަ ހާފުގައި ރާއްޖޭގެ އިޝާން އިބްރާޙީމް (ސައްޓު) ގޯލެއް ޖަހައި ފަރަގު ކުޑަކުރި އިރު، ދެވަނަ ހާފުގެ ތިން ވަނަ މިނިޓްގައި ޔަން ޒެންހުއާ ވަނީ ރާއްޖޭގެ އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ޗައިނާގެ ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްފައެވެ. އޭގެ ދެ މިނިޓް ފަހުން އަބްދުﷲ ޝާފިއު (ޝާއްޕެ) ރާއްޖެއަށް އިތުރު ގޯލެއް ޖަހައި އަނެއްކާވެސް ފަރަގު ކުޑަ ކުރި އިރު، އިރުކޮޅެއްފަހުން އަހުމަދު ހަމީދު (އަންމަޑޭ) ވަނީ ރާއްޖޭގެ ތިންވަނަ ގޯލްވެސް ޖަހައިފައެވެ.

ޗައިނާގެ ފަހު ގޯލްތައް ނިމެން ދަނިކޮށް ޖަހައިދިނީ މަން ޒޮންގާއި ޗެން ޒިހެންގް އަދި ޖިއަން ޝަންއެވެ.

ޗައިނާއިން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ އިރު، ދެވަނަ މަގާމުގައި އޮތީ ދެކުނު ކޮރެއާއެވެ. ރާއްޖެ އޮތީ ތިންވަނައިގައެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy