ލިވަޕޫލު މޮޅުވި އިރު، މެންޗެސްޓާ ރެލިގޭޝަން ޒޯނަށް

ލިވަޕޫލަށް ލަނޑު ޖަހާ ދިނުމަށްފަހު ވާޓްޒް އާއި އިސާކް އުފާ ފާޅުކުރަނީ

ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް ލިވަޕޫލު މޮޅުވިއިރު، އެސްޓަން ވިލާ އާއި އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ޕްރިމިއަ ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެއެވެ.

ޕެލަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލިވަޕޫލު ހަތަރު ވަނައިގައި އޮތީ 10 މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ.

ލިވަޕޫލުން މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލުންނެވެ. އަދި، ދެ ވަނަ ހާފުގައި، ލިވަޕޫލުން އިތުރު ދެ ލަނޑު ޖެހިއެވެ. މި ލަނޑުތައް ޖެހީ ފްލޯރިއަން ވާޓްޒް އާއި އަލެކްސަންޑަ އިސާކް އެވެ. މެޗުގައި ޕެލަސް އިން ޖެހި ލަނޑަކީ، ޕެނަލްޓީ އަކުން އެޑީ އެންކެޓިއޭ ޖެހި ގޯލެކެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ފުރަތަމަ 10 މެޗު ނިމުނުއިރު، މި ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ.

އެޓީމުން މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، 8 މެޗުން ވަނީ މޮޅެއް ނުލިބި ނިންމާލާފައެވެ. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑަށް 10 މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ހަތަރު މިނިޓް ތެރޭ ވިލާ އިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. މި ލަނޑުތައް ޖެހީ އެލިސަން އާއި ނިކޮލަސް ޖެކްސަންއެވެ. ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި އެއްވަރުކޮށްފައެވެ. މި ލަނޑުތައް ޖެހީ ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އާއި މި ސީޒަނުގައި ވިލާ ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ޔޫރީ ޓީލަމަންސްއެވެ.

ވިލާ އިން ވަނީ ދެ ވަނަ ހާފުގައި ނުކުމެ އިތުރު ދެ ލަނޑު ޖަހައިފައެވެ. ވިލާގެ ތިން ވަނަ ލަނޑު ޖޯން މެކްގިން ކާމިޔާބުކޮށްދިން އިރު ހަރަތު ވަނަ ލަނޑުޖަހައި ލީޑު ނަގައިދިނީ ލެއޯން ގޮރެޓްޒްކާއެވެ. އޭގެ ފަހުން މެޗުގެ އިތުުރު ވަގުތުގައި، މެންޗެސްޓާގެ ޖޯޝުއާ ޒާކްޒީ ވަނީ ޔުނައިޓެޑަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފައެވެ. އަދި އޭގެ ފަހުން ޕެޓްރިކް ޑޯގޫ ވަނީ ލަނޑެއް ޖަހައި ޔުނައިޓަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy