ބްރައިޓަން ދެވަނައަށް، ޗެލްސީ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ

ބްރެންޓްފޯޑު ކޮޅަށް ލަނޑުޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ބްރެންޓްފޯޑް ބަލިކޮށް ބްރައިޓަން ހޯލްވް އަލްބިއަން ލީގުގެ ދެވަނަ މަގާމަށް ޖެހިލިއިރު، ހަތަރުވަނަ އަށް އަރަން ޗެލްސީ އަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

އިނގިރޭސި ޕްރިމިއަ ލީގުގަައި މިރޭ ބްރައިޓަން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. ލީގުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް 10 މެޗު ކުޅެފައިވާއިރު ބްރައިޓަނުން ދެވަނަ މަގާމުގައި އޮތީ 22 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް އާސެނަލަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 10 މެޗުން 21 ޕޮއިންޓާ އެކުއެވެ. އަދި ހަތަރެއްގައި އޮތް ލިވަޕޫލަށް 10 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ 10 މެޗުން 16 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެޓީމުން ވަނީ މޮޅު ކުޅުމަކާއެކު 15 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑު ނަގާފައެވެ. އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިއެގޯ ގޮމޭޒެވެ.

މި އަހަރުގެ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރައިޓަނުން ވަނީ ލަނޑަށްފަހުވެސް އިދިކޮޅު ޓީމަށް ނުރައްކާކޮށްފައެވެ. މި މެޗުގައި ބްރެންޓްފޯޑަށް ހާސްކަމާ ކުރިމަތިލާންޖެހުނީ އެޓީމު ބްރެޒިލް ފޯވާޑް އީގޯ ތިއާގަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއީ ތިއާގޯ އަތުން ބްރައިޓަންގެ ކުޅުންތެރިއަކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ގަސްތުގައި ކުޅުންތެރިޔާގެ ގައިގައި ޖެހުމުން ވީއޭއާރު ބެލުމަށްފަހު ދެއްކި ރަތްކާޑެކެވެ.

އެއާއެކުވެސް ދެން ފެނިގެންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބްރެންޓްފޯޑު ކައިރީގައި ބްރައިޓަނުން މޮޅު ކުޅުމެއް ކުޅެމުންދިޔަ ތަނެވެ. އެގޮތުން 42 ވަނަ މިނެޓުގައި ބްރައިޓަން ވަނީ ޕެނަލްޓީއެއް ހޯދައި ޕަސްކަލް ގްރޮބްގެ ލަނޑާއެކު ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ބްރައިޓަނުން މޮޅަށް ކުޅުނު ނަމަވެސް އެޓީމަށް ވަނީ ބްރެންޓްފޯޑުގެ ޑިފެންސް ލައިން ފޫއަޅުވާލައި އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

ލީގުގައި މިރޭ ޗެލްސީ ވަނީ ސަންޑަލޭންޑު އަތުން 0-1 އިން ބަލިވެ ހަތަރުވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. މި މެޗުން ސަންޑަލޭންޑް މޮޅުކޮށްދިން ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އެންޒޯ ލެ ފީ އެވެ.

ޗެލްސީ އަތުން ސަންޑަރލޭންޑް މިހޯދި މޮޅަކީ މިސީޒަންގައި ލީގުގައި އެޓީމްގެ ދެވަނަ މޮޅެވެ. އަދި އޮގަސްޓް މަހުގެ ފަހުން ފުރަތަމަ މޮޅެވެ. ހުރިހާ މުބާރާތްތަކެއް ހިމެނޭ ގޮތަށް މިސީޒަންގައި ސަންޑަރލޭންޑްގެ ހަ ވަނަ މޮޅެވެ. މިމެޗުން މޮޅުވިޔަސް ސަންޑަރލޭންޑް އޮތީ ތާވަލުގެ ފުލުގައި އޮތް ތިން ޓީމްގެ ތެރޭގައެވެ. މިއީ ލީގުގައި އެންމެ ފަހުން ތިން މެޗުގެ ތެރެއިން ޗެލްސީ ބަލިވި ދެވަނަ މެޗެވެ. މެޗުގައި ޗެލްސީން 10 ޝޮޓް ނެގި ނަމަވެސް, ގޯލު ޖަހަން ހުސް ތަނަވަސްކުރެވުނު ފުރުސަތުތައް މަދެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy