ސާފް ޗެމްޕިއަންޝިޕް: ބޫޓާނާއި ލަންކާ އެއްވަރުވުމުން ބަންގާޅު ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާއި ލަންލާ ބައްދަލުކުރި މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބޫޓާނާއި ސްރީ ލަންކާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން މުބާރާތް ހޯސްޓުކުރާ ގައުމު ކަމަށްވާ ބަންގްލަދޭޝް އަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެއްޖެއެވެ.

ބަންގްލަދޭޝް އިން ސެމީގެ ޖާގައެއް ކަށަވަރުކުރި އިރު، މިއަދު ރާއްޖެ ބަލިކޮށް ޕާކިސްތާން ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަައެވެ. ބޫޓާނުން ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އޮތީ ހަނިގޮތަކަށް 1-0 އިން ބަލިވެފައެވެ.

އެ ހާލަތުގައި ބޫޓާނުން މެޗަށް ނުކުތް އިރު، މިރޭވެސް އެޓީމުގެ ފަރާތުން ފެނުނީ ފުރަތަމަ މެޗުގައިވެސް ފެނުނު ކަހަލަ ޓެކްޓިކްސްއެކެވެ. ފަހަތުގައި މަޑުކޮށް ކައުންޓާގައި އެޓޭކް ކުރަން މަސައްކަތް ކޮށްފައިވާ އިރު، ލަންކާއިން ދިޔައީ ކުރިއަށް ޖެހިގެން ކުޅެމުންނެވެ. ނަމަވެސް ހާފުގެ 33 ވަނަ މިނެޓުގައި ޑާވާ ޝެރިންގެ ވަނީ ބޫޓާނަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

ބޫޓާނުން މި ލަނޑު ޖެހިތާ ދެމިނެޓުވެސް ނުވަނީސް ލަންކާގެ އޮލިވާ ޖޭމްސް ކެލާޓް، ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ހާފު ނިމުމުގެ ކުރިން ލަންކާގެ ވަސީމް ރަޒީކް ވަނީ އިތުރު ލަނޑެއްޖަހާ ލަންކާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާގައި އޮވެ ދެވަނަ ހާފަށް ކުޅެން ނުކުމެ ބޫޓާނުން ވަނީ ކުރިއަށްޖެހި ގޭމްގެ ތެރެއަށް ވަދެފައެވެ. އެގޮތުން ލަންކާގެ ހާފަށް ބާރު ބޮޑުކުރަމުން އައިސް ލިބުނު ކޯނަރަކުން ލަންކާ ޑިފެންޑަރު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ބޫޓާނަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ޗެންޗޯ ފޮނުވާލި ޕެނަލްޓީ ތަޖުރިބާކާރު ކީޕަރު ސުޖަން ޕެރޭރާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރިބައުންސް އަށް އަރާހުރި ޕެމަ ޒަންގޯ ފޮނުވާލުމުން އެފަހަރުވެސް ސުޖަންވަނީ އެ ބޯޅަ މަތަކޮށްފައެވެ.

މެޗުގައި ބޫޓާނުން ހަމަހަމަކުރީ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ މިސްކޮށްލި ޗެންޗޫ އެވެ.

މި ލަނޑަށްފަހު ލަންކާއިން ވަނީ ކުރިއަށްޖެހި ލީޑު ނަގަން މަސައްކަތްކޮށްފައެވެ. ނަމަވެސް މެޗު ނިމުނު އިރުވެސް ލަންކާއަށް ވަނީ ބޫޓާންގެ ޑިފެންސް ލައިން ފޫއަޅޫވާލެވޭ ގޮތް ނުވެފައެވެ.

މި މެޗުގެ ނަތީޖާއާ އެކު، ބަންގްލަދޭޝް އެއް ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސްރީ ލަންކާ އަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބޫޓާނަށްވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ. މި ގްރޫޕްގައި ބާކީ އޮތީ ބަންގްލަދޭޝް އާއި ލަންކާ ބައްދަލުކުރާ މެެޗެވެ. އެ މެޗުން ލަންކާ އިން ޕޮއިންޓެއް ހޯދިޔަސް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަންގްލަދޭޝް އެ މެޗުން ދެ ގޯލުގެ ފަރަގަކުން މޮޅުވެއްޖެނަމަ، ބޫޓާނަށް ސެމީން ޖާގަ ލިބޭނެ އެވެ. 

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy