ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޔަހޫދީ އިސްރާޢިލްގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޝަޙީދުވަމުން

ޣައްޒާ ސިޓީގެ ދަރަޖު ސަރަޙައްދުގައި ހުރި ސްކޫލަކަށް ޒަޔަނިސްޓް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން 100 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ލޯކަލް މީޑިއާތަކުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ހަމަލާ ދިން ސްކޫލުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާންމު ރައްޔިތުން އަދިވެސް ބަންދުވެފައި ތިބިއިރު، އެ ސްކޫލުގައި ދަނީ އަލިފާން ރޯވަމުންނެވެ. ފެން ކަނޑާލާފައިވުމާއެކު، އަލިފާން ނިއްވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ.

ޔަހޫދީ އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި މި ސްކޫލަކީ "ހަމާސްގެ މައި މަރުކަޒެއް" ގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ. އަދި އާންމުންގެ މަރުގެ އަދަދު މަތިވެފައިވީ ނަމަވެސް، އާންމުންނަށް ގެއްލުން ވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

މި ހަމަލާއަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ދެވުނު އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް ބެލެވެއެވެ. މި ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 39،700 މީހުން މަރުވެ، 91,722 މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy